ތ. ވޭމަންޑޫ ބިން ހިއްކަން ނިންމައިފިއެވެ.

މި މަޝްރޫއުއާ ގުޅޭ ގޮތުން މިހާރު އުމްރާގެ އަޅުކަމަށް ސައޫދީ އަރަބިއްޔާ އަށް ވަޑައިގެން ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ވޭމަންޑޫގެ ބިން ހިއްކައި ނިންމީ 23 ދުވަހުގެ ތެރޭގައި ކަމަށެވެ.

އެ ރަށުން 27 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު، އެ މަސައްކަތް ފެށީ މިދިޔަ މަހުގެ 12 ގައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ނިންމައިލީ މި މަހުގެ ހަތަރު ވަނަ ދުވަހުގައެވެ.

ވޭމަންޑޫ ބިން ހިއްކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) އިންނެވެ.

އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ވޭމަންޑޫން ބިން ހިއްކައި ނިމިފައިވާތީ މި މަޝްރޫއުގެ ދަށުން ދެން ކުރިއަށް ގެންދާނީ ހިއްކި ބިން ޙިމާޔަތްކު ރުމަށް، ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމެވެ.