ޑެންގީ ހުން ޖެހިގެން މިދިޔަ މަހު އެކަނި 535 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 535 މީހަކަށް ވަނީ ޑެންގީ ހުން ޖެހިފައެވެ.
އަދި ފެބްރުއަރީ މަހާ އަޅާބަލާ އިރު، މިދިޔަ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރެވެ. ފެބްރުއަރީ މަހު ޑެންގީ ހުން ޖެހިފައިވަނީ 428 މީހުންނަށެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު ދަށްވެފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
މި އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މާޗު މަހުގައި ރޯގާގެ ރިޕޯޓްތައް ވަނީ ދަށްވެފައެވެ.
ފެބްރުއަރީ މަހު 25،010 އަރިދަފުސް ރޯގާގެ ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ މަހުގައި އެ ބަލީގެ 20،761 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

