އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހަށިގަނޑުން ކެންސަރު ޓިއުމަރެއް ފެނިގެން ކެންސަރު ބައްޔަށް ފަރުވާ ހޯދާފައިވާކަން އޭނާގެ އަހަރީ މެޑިކަލް ރިޕޯޓުން ހާމަވެއްޖެއެވެ.
އޭނާ ބުނީ، ޕްރޮސްޓޭޓް ދުޅަވުމާ ގުޅިގެން ކުރި އޮޕަރޭޝަނަކަށްފަހު، ހަދަމުންދިޔަ ޗެކަޕްތަކުގެ ތެރެއިން ކެންސަރުގެ އަލާމާތް ހުރި ޓިއުމަރެއް ފެނިގެން ފަރުވާ ހޯދި ކަމަށެވެ.
އޭނާގެ މެޑިކަލް ރިޕޯޓު އާންމު ކުރުން ލަސްކުރަން އެދުނީ އެމެރިކާއާއި އިޒްރޭލު އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމައިގެ އެންމެ ނުރައްކާތެރި ދަނޑިވަޅުގައި، އިޒްރޭލާ ދެކޮޅަށް އީރާނުން ދޮގު ޕްރޮޕެގެންޑާ ފެތުރުން ހުއްޓުވުމަށް ކަމަށް ވެސް ނަތަންޔާހޫ ބުނެފައިވެއެވެ.
ނަތަންޔާހޫ ބުނީ، އޭނާގެ ހަށިގަނޑުގައި މިހާރު ކެންސަރުގެ އެއްވެސް އަސަރެއް ނެތް ކަމަށެވެ.

