ފާއިތުވި ދެ ހަފްތާގައި، ޑެންގީ ހުމުގެ ކޭސްތައް އެންމެ ގިނައީ، ހދ އަތޮޅުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، އެ އަތޮޅުން މިދިޔަ ދެ ހަފްތާގައި 83 މީހުން ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރި ކަމަށެވެ.

ޑެންގީ ކޭސްތައް ގިނަ އެހެން އަތޮޅުތައް:

ގދ އަތޮޅު: 35 ކޭސް

ކ އަތޮޅު: 29 ކޭސް

މާލެ ސަރަހައްދު: 22 ކޭސް

ށ އަތޮޅު: 20 ކޭސް

ރ އަތޮޅު: 19 ކޭސް

މ އަތޮޅު: 17 ކޭސް

އދ އަތޮޅު: 15 ކޭސް

ލ އަތޮޅު: 13 ކޭސް

އއ: 11 ކޭސް

 

ފާއިތުވި ދެ ހަފްތާގައި މި ބަލި ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކޮށްފައިވާ ރަށްތަކަށް ބަލާއިރު، އެންމެ ގިނަ ކޭސް ފެނުނީ ހދ.ކުޅުދުއްފުށިންނެވެ. އެ ސިޓީން އެކަނި 62 ކޭސް ރިޕޯޓު ކޮށްފައިވެއެވެ. އަދި ށ.މިލަންދޫން 17، ގދ.ތިނަދޫން 16، މާލެއިން 15، އދ.މާމިގިލިން 13، ހދ.ފިނޭއިން 10، މ.މަޑުއްވަރިން 10، ކ.މާފުށިން 10، ކ.ތުލުސްދޫން 8، އަދި ގދ.ގައްދޫން 8 ކޭސް ރިޕޯޓު ކޮށްފައިވެއެވެ.

ކުރިއަށް އޮތީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރަކަށް ވުމުން، ޑެންގީ ހުމުގެ ކޭސްތައް އިތުރުވާނެ ކަމަށް ބެލެވޭތީ، ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.