ހުޅުމާލޭގެ ރެެހެންދި ސްކޫލުގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

Ads by Asuru

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު 6:30ހާއިރު، މި ހާދިސާ ހިނގީ އެ ސްކޫލުގެ ހަތަރެއް އަދި ފަސް ވަނަ ފަންގިފިލާގައި ކަމަށާއި، އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގައި ވަރަށް އަވަހަށް އަލިފާންގަނޑު ނިއްވާލެވުނު ކަމަށެވެ.

އަދި ހެނދުނުގެ ދަންފަޅިއަށް ކިޔަވަން ދިޔަ ދަރިވަރުންވެސް، ހާދިސާގެ ސަބަބުން ގެއަށް ފޮނުވާ ލެވުނު ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ހެނދުނު 7:19 ހާއިރު އަލިފާންގަނޑު ނިއްވާލެވުނު ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ހާދިސާ ހިނގާފައިވަނީ ރެހެންދި ސްކޫލުގެ ހަތަރެއް، އަދި ފަސް ވަނަ ފަންގިފިލާގެ ޕެނަލް ބޯޑުތަކެއްގައި އަލިފާން ރޯވެގެންނެވެ.