ރާއްޖޭގެ 14 އިންސައްތަ މީހުންނަށް ހަކުރު ބަލި ޖެހިފައިވާ މީހުންކަން ފާހަގަކޮށްފިއެވެ.

Ads by Asuru

ރާއްޖޭގެ ހަކުރު ބަލީގެ ހާލަތު ހިއްސާކޮށް، ހެލްތު މިނިސްޓްރީން މިއަދު ބުނެފައިވަނީ ގައިން ގަަޔަށް ނާރާ ބަލިތައް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމުގެ ގޮތުން 2020 ވަނަ އަހަރުން 2021 ވަނަ އަހަރަށް ހެދި ސްޓެޕްސާވޭއިން ދެއްކި ގޮތުގައި، ރާއްޖޭގެ އާބާދީގެ 14 އިންސައްތަ މީހުންނަށް ހަކުރު ބަލި ޖެހިފައިވާ ކަމަށް ދައްކާ ކަމަށެވެ.

އަދި 2018 ވަނަ އަހަރުގައި ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ރާއްޖޭގައި 3.7 އިންސައްތަ މީހުން މަރުވަނީވެސް މި ބަލީގައިކަންވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

ހެލްތު މިނިސްޓްރީން ވަނީ ހަކުރު ބައްޔަކީ ދުނިޔޭގެ ވަރަށް ގިނަ ބަޔަކަށް ތަހައްމަލު ކުރަން ޖެހިފައިވާ ސިއްޙީ މައްސަލައެއްކަން ފާހަގަކޮށް، މި ބަލި ޖެހުނު ކަމަށް ބަލަނީ، އެމީހެއްގެ ލޭގައި ހަކުރު ހުންނަންވާ މިންވަރަށްވުރެ އިތުރަށް ހުރުމުންކަމަށް ބުނެފައެވެ.

މި ބަލީގެ ދެ ވައްތަރެއް ހުރެއެވެ. އެއީ ޓައިފް 1 އަދި ޓައިފް 2 ޑައިބެޓީސްއެވެ. މީގެ ތެރެއިން ޅަ އުމުރުގައި ދިމާވާ ޓައިފް 1 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށްވުރެ ގިނައިން ނުވަތަ އެއްވެސް ވަރަކަށް ނުއުފެއްދުމުން ޖެހޭ ބައްޔެކެވެ.

އަދި ބޮޑެތި މީހުންނަށް ޖެހޭ ޓައިޕް2 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް، ހަށިގަނޑު ފަލަވެ، މާ ބޮޑަށް ބަރުދަން އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ. މީގެ އިތުރުން، ޢާއިލާގައި ހަކުރު ބަލި ޖެހިފައިވާ މީހުން ތިބުމާއު ދުންފަތުގެ އިސްތިއުމާލު ކުރުމާއި، މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުންވެސް މި ބައްޔަށް ހުށަހެޅެއެވެ.