ޓެކްސް ބޮޑު ކުރުމާ ބެހޭ ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ކޮށްފިއެެވެ.

Ads by Asuru

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ ފަހުކޮޅު ެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓެކްސް ބޮޑުކުރަން އޮތީ ނިންމައިފައެވެ. މި ބަދަލާ އެކީ ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް ބޮޑުވާނެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމުމާ ގުޅިގެން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނަށް ތާއީދުކިރައްވާ ގިނަ މެމްބަރުން ގެންދަވަނީ އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަ ދައްކަވަމުންނެވެ.

މިއަދުގެ އެއްވުމުގެ ބައިވެރިންވެސް ވަނީ ޓެކްސް ބޮޑު ނުކުރުމަށް ގޮވާލައި، ރައީސް ސޯލިހު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފައެވެ.