މ. ނިރުފެހިގޭގައި ހިނިގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފިއެވެ.

Ads by Asuru

މި އަލިފާނުގެެ  ހާދިސާގައި 10 މީހަކު މަރުވިއިރު، އެ މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެކެވެ. އަދި އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނެކެވެ.

މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ މިހާތަނަށް އިންޑިއާ ތިން މީހެއްގެ ހަށިގަނޑު އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި އެހެން މީހުންގެ ހަށިގަނޑުތައްވެސް އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އަލިފާނުގެ ހާދިސާގައި ފިހުނު އިތުރު މީހަކަށް އައިޖީއެމްއެޗްގައި ވެސް އަންނަނީ ފަރުވާ ދެމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.