އަންނަ އާދީއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ބެލުމަށް، ޕްރޮޖެކްޓަރު ދޫކުރުމަށް ޔޫތު މިނިސްޓްރީން އިއުލާންކޮށްފިއެވެ.

Ads by Asuru

މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ވޯލްޑް ކަޕާ ދިމާކޮށް 100 ޕްރޮޖެކްޓަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓުތައް ހޯދަން ބޭނުންވާ މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ޖަމްއިއްޔާގެ ރަސްމީ ލެޓާ ހެޑާއި ސްޓޭމްޕް ޖަހާފައިވާ ސިޓީއެއް މިނިސްޓްރީ އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ. މެއިލް ކުރާނީ [email protected] އަށެވެ.

މިނިސްޓްރީން ބުނީ އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޕްރޮޖެކްޓަރު ދޫކުރި އެއްވެސް ޖަމިއްޔާ އަކަށް މިފަހަރު ޕްރޮޖެކްޓަރު ދޫނުކުރާނެ ކަމަށެވެ.

ޖުމްލަ 32 ޓީމު ވާދަކުރާ ވޯލްޑް ކަޕް ކުރިއަށްދާނީ މި މަހުގެ 20 އިން އަންނަ މަހުގެ 18 ގެ ނިޔަލަށެވެ.

ވޯލްޑްކަޕާ ދިމާކޮށް ޕްރޮޖެކްޓަރު ދޫކުރުމަށް ޔޫތު މިނިސްޓްރީން ނިންމިއިރު، އާންމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ވޯލްޑް ކަޕް ބެލުމަކީ މަނާ ކަމެއް ކަމަށް މީޑިއާ ނެޓުން ވަނީ ބުނެފައެވެ.