ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖެއިން ބޭރަށް ކުރައްވާފައިވާ ދަތުުރުފުޅުތަކުގެ ސަބަބުން ރާއްޖެއަށް ގިނަ އެހީތަކެއް ލިބުނު ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރާއްޖެ ޓީވީއިން ގެނެސްދިން ”ފަލަ ސުރުޚީ“ ޕްރޮގްރާމްގައި ދެއްކެވި ވާހަކައިގައި ޝާހިދު ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގައި ރާއްޖެއަށް ހިލޭ އެހީއާއި ލުއި ލޯނާއި ލައިން އޮފް ކްރެޑިޓްގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އޭގެތެރޭގައި އިންޑިއާއިން 2.75 ބިލިއަން ޑޮލަރު، ޖަޕާނުން 113 މިލިއަން ޑޮލަރު، ޔޫއޭއީ އިން 55 މިލިއަން ޑޮލަރު, ސަޢޫދީން 50 މިލިއަން ޑޮލަރު، އެމެރިކާއިން 28 މިލިއަން ޑޮލަރު، ޔޫރަޕް އިއްތިހާދުން 132 މިލިއަން ޑޮލަރު ހިމެނޭ ކަމުގައެވެ.

އަދި އިންޑިއާއިން ދިން 2.75 ބިލިއަން ޑޮލަރުގެ ތެރެއިން 173 މިލިއަން ޑޮލަރަކީ ހިލޭ އެހީކަމަށް ވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން 16.54 މިލިއަންގެ ހައި އިމްޕެކްޓް ޑިވެލޮޕްމަންޓް އެސިސްޓެންސް ޕްރޮޖެކްޓްތަކެއް އިންޑިއާގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ހިންގާކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.