ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭނަމަ، ސިއްހީ ގޮތުން ގިނަ މައްސަަލަތަކާ ދިމާވެއެވެ. އިންސާނާގެ ހަށިގަނޑުގެ 80 އިންސައްތަ އަކީ ފެނެވެ.

Ads by Asuru

ކޮންމެ ގުނަވަނަކާއި، ސެލްއެއް، އަދި ޓިޝޫއެއްވެސް އެންމެ ރަނގަޅަށް މަސައްކަތް ކުރުމަށް މަގުފަހި ކުރުވަނީ ފެނެވެ.

އެހެންކަމުން، ދުވާލަކު ހައެއް ނުވަތަ އަށް ތަށި ފެން ބުއިމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. މި ލިޔުމުގައި މި ހިއްސާކޮށްލަނީ ފެން މަދުވެއްޖެނަމަ، ދިމާވެދާނެ ބައެއް ސިއްހީ މައްސަަަލަތަކެވެ.

އާންމުކޮށް ބޮލުގައި ރިހުން:

ތަފާތު އެކި ސަބަބުތަކާ ގުޅިގެން ބޮލުގައި ރިއްސާފާނެއެވެ. ބޮލުގައި ރިހެން މެދުވެރިވާ އެއް ސަބަބަކީ ފެން މަދުވުމެވެ. ނަމަވެސް ބޮލުގައި ރިއްސަނީ، ފެން މަދު ވެގެން ކަމަށް ވާނަމަ، ބޮޑު ފެންތައްޓެއް ބޯލުުމުން ރިހުން ފިލައިގެންދާނެއެވެ.

ގައިގެ ހަން ކުރަކިވުން:

ތިބާގެ ގައިގެ ހަންގަނޑު ކުރަކިވާނަމަ، އެއީ ފެން ބުއިން މަދުވުމުން ކުރިމަތިވާ މައްސަލައަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެއިތުރުން އަނގަ ހިކި، ތުންފަތް ކުރަކި ވުމަކީވެސް ދިމާވެދާނެ ކަމެކެވެ.

ވަރުބަލިވުން:

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭނަަމަ ދިމާވެދާނެ އިތުރު މައްސަލަ އަކީ ވަރުބަލިވުމެވެ. ލޮޑުކަން އިހްސާސް ކުރެވުމެވެ.

ބަރުދަން އިތުރުވުން:

ފެން މަދުވުމުން، ބަރުދަން އިތުރު ވަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ތިބާގެ ހަށިގަނޑަށް ގިނައިން ފެން ލިބޭނަމަ، ބަނޑުހައިހޫނުކަމުގެ އިހްސާސް ކުރެވޭ މިންވަރު ދަށްވެ، ކެވޭލެއް މަދުވެއެވެ. މިއާ ހިލާފަށް، ފެން މަދުވާނަަމަ، ގިނައިން ކެވެއެވެ.