ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ހަތަރު އަހަރަކީ ފާސިގު ހަތަރު އަހަރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން، މިއަދު ކުރެއްވި ޓްވީޓެއްގައި ޖަމީލު ވިދާޅުވެފައިވަނީ މިއަށްވުރެ ތާކުންތާކު ނުޖެހޭ ވެރިކަމެއް އެމަނިކުފާނަށް ފެނިވަޑައިގެންފައި ނުވާ ކަމުގައެވެ.

އެގޮތުން މިވެރިކަމުގައި ސަލާމަތީ ރައްކާތެރިކަން ސުމެއް ކަމަށާއި، ޤައުމުގެ ސަރަހައްދާ ބިންވެސް ވިއްކާލައިފި ކަމަށް ޖަމީލު ވިދާޅުވިއެވެ. ޖަމީލު އިތުރަށް ވިދާޅުވީ ސަރުކާރުގެ ކޮރަޕްޝަން މެދު އުޑުގައި ޖެހިފައިވާއިރު، ޑިމޮކްރަސީވެސް އޮތީ ނޭވާ ހޮޅީގައި ކަަމަށެވެ. ދީނަށް ބިރު ބޮޑުވެ، މުންކަރާތްތައްވެސް އާންމުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވެރިކަމަށް މިއަދު ހަތަރު އަަހަރު ފުރުނުއިރު، އެ މަނިކުފާނުގެ ސަރުކާރަށް ހޯދުނު ކާމިޔާބީތައް ވަޒީރުން ގެންދަވަނީ މީޑިއާތަކުގައި ހިއްސާ ކުރައްވަމުންނެވެ.