ރައްޔިތުން ތިބޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކަމަށާއި، އެންމެންނާއެކުގައި ކުރިއަށް ވަޑައިގެންނެވޭނީވެސް އެމަނިކުފާނަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

Ads by Asuru

މިނިސްޓަރު އަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި އަހަރުތަކުގައި މުޅި ދުނިޔެއަށް ކުރިމަތިވި އިޤުތިޞާދީ ހީނަރުކަމާއިއެކު ވެސް ރާއްޖޭގެ އިޤުތިޞާދު ހިފެހެއްޓުނީ އަދި ޤައުމުގައި ހަމަޖެހުމާއި ޞުލްހަ ދެމިއޮތީ ރައީސް ސޯލިހު ހިކުމަތާއި ދުރު ވިސްނުންފުޅާއިއެކު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

އެގޮތުން ކުރިމަތިވި ކޮންމެ ގޮންޖެހުމެއް ގިރާކުރައްވައި، ހަމަހަމަކަމާއި އެކު ރައްޔިތުންނަށް ތަރައްޤީ ގެނެސްދެވޭނެކަން ރައީސް ސޯލިހު ކަށަވަރުކޮށްދެއްވާފައިވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ ވެެރިކަމުގެ ދެވަަނަ ދައުރަކަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެެ. އަދި އެމަނިކުފާނަށް ތާއީދު ކުރައްވާކަން، އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ހާމަވެސް ކުރައްވައިފައެވެ.