މެނިފެސްޓޯގައި ނެތަސް، ކޮވިޑް-19އިން އަރައިގަތުމަކީ ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ ކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ.

Ads by Asuru

ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ 2018ގެ ރިޔާސީ މެނިފެސްޓޯގެ ބޮޑު އިންސައްތަ ކާމިޔާބު ކުރެވޭ މަރުޙަލާ އަށް މި ހަތަރު އަހަރުން ވާޞިލު ވެވުނީ ހުރިހާ ރަށަކާ އެންމެހާ ރައްޔިތުންނަށް ހަމަހަމަ ހަތަރު އަހަރުގެ ގޮތުގައި ކަމަށެވެ.

”މެނިފެސްޓޯގައި ނެތް ކަމެއްގެ ގޮތުގައި ސަރުކާރުން ޙާޞިލު ކުރި އެންމެ ބޮޑުކާމިޔާބީ އަކީ ކޮވިޑް 19 ގެ އާލަމީ ބަލިމަޑު ކަމުން އަރައިގަތުމުގައި ނަމޫނާ ގައުމަކަށް ރާއްޖެ ވެގެން ދިޔަ ބޮޑު ކާމިޔާބީ އެވެ.“ އެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ ބައިނަލްއަގްވާމީ ތަފާތު ގޮންޖެހުން ތަކާ ހައްސާސް ޙާލަތް ތަކުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ތަކުގެ މަޝްރޫޢުތަށް ހަމަހަމަ ކަމާއެކު މި 4 އަހަރު ރަށްތަކުގައި ހިންގިފައިވާ ކަމަށެވެ.

އަދި ކަރަންޓާ މަގާ ބަނދަރާ އުމްރާނީ ވަސީލަތްތަކާ ޞިއްޙީ ދާއިރާ އެހެން ހަރުފަތަކަށް އުފުލައި ދެވުނު ކަމަށާއި ހުނަރާ ތަމްރީނާ ހިލޭ ޑިގްރީ މުޅިރާއްޖެއަށް ފަތުރާލެވި، ތައުލީމީ ދާއިރާ އަށް އިންގިލާބީ ހެޔޮ ބަދަލު ތަކެއް ގެނެވުނު ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.