ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ސުވާލު ކުރުމުގެ ފުރުސަތު ދޭ އާސްކް ސްޕީކަރ ޕްރޮގްރާމް، އަންނަ މަހުގެ ފުރަތަމަ ދުވަހު އޮންނާނެއެވެ.

Ads by Asuru

މަޖިލީހުގެ އިދާރާއިން ބުނީ ”އާސްކް ސްޕީކާ“ ގެ ނަމުގައި އަންނަ މަހުގެ އެއްވަނަ ދުވަހު މެންދުރު 14:15 ގައި ޕްރޮގްރާމެއް އޮންނާނެ ކަމަށެވެ.

ނަޝީދާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށްވެސް މަޖިލީހުގެ އިދާރާ އިން ބުނެއެވެ.

އެގޮތުން އެސްއެމްސް، ވައިބާ، ޓެލެގްރާމް އަދި ވަޓްސްއެޕް މެދުވެރިކޮށް މެސެޖުތައް ފޮނުއްވާނީ 7234566 ނަމްބަރަށް ކަމަށާއި ސޯޝަލް މީޑިއާ އިން ސުވާލުތައް ކުރައްވަން ބޭނުންވާ ފަރާތްތަކުން ސުވާލުތައް ފޮނުވާނީ #އާސްކްސްޕީކާ ބޭނުންކޮށްގެންނެވެ.