ޤަތަރުން ދެއްކީ އިސްލާމީ ޤައުމުތަކަށް ނަމޫނާއެއް ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މާދަމާ ފަށާ ވޯލްޑް ކަޕް މުބާރާތް ބާއްވާ ސްޓޭޑިއަމްތަކުގައި ރާ ނުވިއްކޭނެ ކަމަށް ޤަތަރުން ވަނީ ނިންމައިފައެވެ. އިއްޔެ މި ނިންމުމާ ގުޅޭ ޚަބަރުތައް ވަނީ މީޑިއާތަކުގެ ފަލަ ސުރުޚީތަކުންވެސް ޖާގަ ހޯދައިފައެވެ.

ވޯލްޑްކަޕް ސްޓޭޑިއަމްތަކުގައި ރާ ނުވިއްކޭނެކަމާއި، ފާޑުފާޑުގެ އެއްޖިންސު ޝިޢާރުތައް ނުފެތުރޭނޭކަން ބަޔާންކޮށް ޤަތަރުންއެދެއްކީ އެހެނިހެން އިސްލާމީ ގައުމުތަކަށް ނަމޫނާއެއް ކަމުގައެވެ.

”ހުޅަނގުން އެދޭ ހުރިހާކަމަކަށް ދީލާނުލައިވެސް އުޅެވޭނެކަމާއި އުޞޫލްތަކުގައި ހިފެހެއްޓޭނެކަން ސާބިތުވެއްޖެ.“ ޒައިދު ވިދާޅުވިއެވެ.

ގަތަރުން މީގެކުރިން ނިންމާފައި އޮތީ ސްޓޭޑިއަމްތަކުގެ ވަކި ހާއްސަ ސަރަހައްދުތަކެއްގައި ބަނގުރާ ވިއްކޭނެ އިންތިޒާމުތަކެއް ހަމަޖަައްސާފައެވެ.

ނަމަވެސް މުބާރާތް ފެށެން ވަގުތު ކުޑަތަންވެފައިވަނިކޮށް އެ ނިންމުން ބަދަލުކުރަން ގަތަރުން މިހާރު ނިންމާފައިވާ ކަމަށް ވޯލްޑް ކަޕްގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.