މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އަށް އިތުބާރު ގެއްލިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބަޣާވާތް ކުރަން އުޅުނު ހިސާބުން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ކުރެއްވި ޓްވީޓަކަށް ދެއްވި ރައްދެއްގައެވެ.
MDP ge ithubaaru gehlijje Majlis therein bagaavaathkoh MDPge sarukaaru vahtaalan MDP ge baeh memberun masahkath fehtti hisaabun. https://t.co/YSLFtUmCw3
— Mohamed Shifau (@mhshifau) November 19, 2022
މިއަހަރުގެ ބަޖެޓުގެ ބޭރުން ސަރުކާރުން ހަރަދު ކުރި 5.8 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު އޭގެ ތަފްސީލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހުށަހެޅުމުން ކޮމެޓީން އެ އިސްލާހު ފާސްނުކޮށް ދޫކޮށްލުމާ ގުޅިގެން، އެއީ ވަރަށް ދެރަ ކަމެއްގެ ގޮތުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބަޖެޓަށް ރިކޮމެންޑޭޝަންތައް ހުށަހަޅަން ދިން ފުރުސަތުގައި އެގޮތަށް ހުށަހެޅުއްވީ ރައްޔިތުންގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ)އެވެ.
އިބްރާހީމް ރަޝީދު ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ނުރުހުން ފާޅުކުރެއްވިއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓް، ކޮމިޓީން ރޭ ފާސްކުރީ 160 މިލިޔަން ރުފިޔާ އިތުރުކޮށްގެންނެވެ.
މިކަމާ ގުޅިގެން ހަސަން ލަތީފު ވިދާޅުވީ މިއީ ވަރަށް ދެރަ ކަމެއް ކަމަށާއި، މިއަހަރު ޚަރަދު ކުރުމަށްފަހު އަންނަ އަހަރުގެ ބަޖެޓުގައި އެފައިސާ ހިމެނުންވެސް ގޯސް އަދި އެ ހިމެނި 5.8 ބިލިއަން ރުފިޔާގެ ތަފްސީލު ނުދޭން ނިންމުން އަދި މާގޯސް ކަމަށެވެ.
”އެހެން ނުހައްދަވާ. އެމްޑީޕީގެ އިތުބާރު ގެއްލުވާނުލައްވާ.“
މިއީ ވަރަށް ދެރަ ކަމެއް. މިއަހަރު ޚަރަދު ކުރުމަށްފަހު އަންނަ އަހަރުގެ ބަޖެޓުގައި އެފައިސާ ހިމެނުންވެސް ގޯސް އަދި އެ ހިމެނި 5.8 ބިލިއަން ރުފިޔާގެ ތަފްސީލު ނުދޭން ނިންމުން އަދި މާގޯސް. އެހެން ނުހައްދަވާ. އެތަފްސީލް ދެއްވާ. MDP ގެ އިތުބާރު ގެއްލުވާނުލައްވާ.https://t.co/1Ih1sGGkum
— Hassan Latheef🎈 (@HassanLatheef) November 19, 2022
ޝިފާއު ވިދާޅުވީ އެެމްޑީޕީއަށް އޮތް އިތުބާރު ގެއްލުނީ ބަޣާވާތްކޮށް، އެމްޑީޕީގެ ސަރުކާރު ވައްޓާލަން އެ ޕާޓީގެ މެމްބަރުން މަސައްކަތް ފެށި ހިސާބުން ކަމުގައެވެ. ފަހަކަށް އައިސް އެމްޑީޕީގެ ދެ ފެކްޝަނުގެ މެދުގައި އޮތް ނުރުހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.