މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ނުދާ ސަބަބު މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އަންގާރަ ދުވަހުގެރޭ ދިވެހި ޗެނަލްގެ ”ހަވާސާ“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައިވާ ހިތްފަސޭހަ މަގުމަތި އަމާޒު ހާސިލް ކުރުމަށްޓަކައި މާލޭގެ މަގުތައް ހަދާ ރަނގަޅު ފެންވަރެއްގަ މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ މަޝްރޫޢު ކުރިއަށް ނުދާ ކަމަށާއި، މަޝްރޫއު އޮތީ ސަރުކާރުން ހުއްޓުވާފައި ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

އެގޮތުން އެ މަޝްރޫޢުއަކީ ސަރުކާރުން ބަޖެޓް ދެއްވާފައިވާ މަޝްރޫޢުއެއް ނަމަވެސް މިދިޔަ ނޮމެވްބަރު މަހުން ފެށިގެން މަގުހެދުމުގެ އެއްވެސް ޢަމަލީ މަސައްކަތެއް މިއަދާ ހަމަޔަށް އައިއިރުވެސް ނުހިނގާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މިދިޔަ ނޮމެވްބަރު މަހުން މިއަދާ ހަމަޔަށް އައި އިރުގަވެސް މަގުހެދުމުގެ މަސައްކަތް ހުއްޓުވާފައި އޮތުމުން ކަންބޮޑުވުން ފާޅުކުރައްވަމުން މޭޔަރު ވިދާޅުވީ ބޭރުފުށުން ބަލާއިރު ފެންނަން އޮތީ ކައުންސިލްގެ ނާކާމިޔާބީއެއްގެ ގޮތުގައި ކަމަށާއި،ފެންނަން އޮތީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ނުދާކަން ކަމަށެވެ.

އެހެން ނަމަވެސް ކަމުގެ ހަގީގަތް މިކަމަށް ސަރުކާރުގެ ފަރާތުން ބޭނުންވާ އެއްބާރުލުން ދެއްވާފައި ނުވުން ކަމަށް މޭޔަރު ވިދާޅުވިއެވެ.