މިހާރު ބޭނުންކުރާ އައިޑެންޓިޓީ ކާޑުގެ ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށްޓަކައި، އެ ކާޑު ފަރުމާކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އަނެއްކާ ވެސް ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Asuru

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން މިކަމަށް ކުރިން ފުރަތަމަ ފުރުސަތު ހުޅުވާލީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ނަމަވެސް އަލުން ފުރުސަތު ހުޅުވާލީ ކުރިން ދިން ފުރުސަތުގެ ތެރޭގައި އެކަށީގެންވާ ވަރަށް ހުށަހެޅުންތައް ލިބިފައި ނުވާތީ އެ ބާތިލުކުރުމަށް ފަހުއެވެ. ޕްރޮޕޯސަލް ބަލައިގަތުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ އެއްވަނަ ދުވަހެވެ.

ޑީއެންއާރް އިން ބުނީ އައިޑީ ކާޑްގެ ޑިޒައިނަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު އަދި ފުރިހަމައަށް ޑިޒައިން ކުރާ ފަރާތަކަށް އިނާމުގެ ގޮތުގައި 200،00 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ތިން ފަރާތަށް އަގުވަޒަން ކުރުމުގެ ގޮތުން ރަސްމީ ލިޔުމެއް ވެސް ދޭން ނިންމާފައިވެއެވެ.