ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ޒަކާތު ފަންޑުން ބޭސް ފަރުވާ އަށް 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by Asuru

ސަރުކާރުގެ ހަތަރު އަހަރުގެ ކާމިޔާބީގެ ވާހަކަ އެކި ވުޒާރާތަކުން ހިއްސާ ކުރަމުން އަންނައިރު، އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސް ފަރުވާ އަށް 16.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މިދިޔަ އަހަރު ޒަކާތު ފަންޑުން ބޭސް ފަރުވާ އަށް 11.1 މިލިއަން ހޭދަކޮށްފައިވާ އިރު، 2020 ގައި 6.3 މިލިއަން ހޭދަކޮށްފައިވެއެވެ. އަދި 2019 ގައި ހޭދަކޮށްފައި ވަނީ 15 މިލިއަނަށް ވުރެ ބޮޑު ހޭދައެއް ޒަކާތު ފަންޑުން ބޭސް ފަރުވާ އަށް ހޭދަކުރި އެވެ.

ޒަކާތު ފަންޑުން އެކި ކަންކަމަށް ހޭދަކުރ އެވެ. އޭގެ ތެރޭގައި މަތީ ތައުލީމަށް ސްކޮލަޝިޕް ދިނުމާއި އެހީ އަށް ބޭނުން ޖެހޭ ހާލަތްތަކުގައި އާންމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ އިތުރުން ދާދި ފަހުން ވަނީ ޒަކާތު ފަންޑުން މާލީ ފުދުންތެެރިކަން ރަނގަޅުކުރަން މަސައްކަތްކުރުންވެސް ހިމެނެއެވެ.