ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ޝިޕިން ލިންކެއް ގާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ދިޔައީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއް ރަހުމާނާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް މާލޭގައި ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގެ ތެރޭގައެވެ.
އެގޮތުން ބައްދަލުވުމުގައި ދެ މިނިސްޓަރުން ވަނީ ދެ ގައުމުގައި ދިރިއުޅޭ ދެ ގައުމުގެ ރައްޔިތުންގެ އުޅޭ ރައްޔިތުންގެ ރައްކާތެރިކަމުގެ އިތުރުން ފަތުރުވެރިކަން، ތައުލީމު، ސިއްހަތު، ނޫ އިގުތިސޯދު އަދި ޝިިޕިން ދާއިރާއިން އެއްބާރުލުން އިތުރުކޮށް ވަރުގަދަކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.
ދެ ގައުމުގެ ދެމެދުގައި ގާއިމު ކުރުމަށް ހުށަހެޅިފައިވާ ޝިޕިން ލިންކްގެ ސަބަބުން، ދެ ގައުމުގެ ދެމެދު އިތުރު ވިޔަފާރިއަށް މަގުފަހިވެ، ދެކުނު އޭޝިއާގެ މި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ރަނގަޅުވެގެން ދާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އިސްވެރިންގެ ފެންވަރުގައި ކުރެވިދާނެ ދަތުރުފަތުރުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

