ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް އެކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުން ދާއިރު ޔަގީންކުރަންވީ ކޮންމެ ކުއްޖަކީވެސް މުޖުތަމައުގައި އެކުއްޖަކަށް ކުރިއެރޭނޭ އެންމެ ބޮޑަށް ކުރިއެރުމަށް މަގުފަހިވެފައިވާ ކުއްޖަކަށް ހެދުމަށް ކަމަށެވެ.
އެއްވެސް ކުއްޖަކު އެކަހެރި ނުވާ އަދި އަނިޔާއާއިން އެ ކުދީން ސަލާމަތްވެފައިވާ ބަޔަކަށް ހަދަން ޖެހޭ ކަމުގައިވެސް ވިދާޅުވިއެވެ. އަދި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ފަރުވާތެރިވާ ބަޔަކަށް ވުމަކީ އެންމެންގެ ޒިންމާއެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.