އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް އިސްލާހު ހުށަހަޅަން ތިން ދުވަހުގެ މުހުލަތެއް ދީފިއެވެ.

Ads by Asuru

މިކަން އަންގަވައި، މަޖިލީހުގެ މެމްބަރުންނަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ބަޖެޓެއް އިސްލާހެއް ހުށަހަޅަން އޮތް ނަމަ އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެ އިސްލާހެއް ފޮނުވަން ވާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ނަމަވެސް ބަޖެޓަށް ފަހުން ވަނީ 160 މިލިއަން ރުފިޔާ އިތުރުކޮށް، ބަޖެޓް ދިރާސާ ކުރާ ކޮމެޓީން އެ ފާސްކޮށްފައެވެ.

ބަޖެޓް ރިޕޯޓަށް ބަހުސްކުރަން ކޮންމެ މެންބަރަކަށް 7 މިނެޓް ދޭން ހަމަޖެހިފައިވެއެވެ.  ބަޖެޓް ފާސްކުރުމަށް މި މަހުގެ 30 ވަނަ ދުވަހު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެ އެވެ.