ދިރާސީ ކަލަންޑަރުގައިވާ ގޮތުގެ މަތިން، މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި މިއަދު ފަށައިފިއެވެ.
މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލިއިރު، ދަރިވަރުންނަށް މިފަހަރު ވަނީ މިނިވަން ދުވަހުގެ ބަންދާއެކު ޖުމްލަ 16 ދުވަހުގެ ޗުއްޓީއެއް ލިބިފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތަކުގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 84,000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެއެވެ.
މި ދަރިވަރުންނަށް އުނގަންނައިދިނުމުގެ މަސައްކަތުގައި 9,000 އަށް ވުރެ ގިނަ މުދައްރިސުން މަސައްކަތް ކުރެއެވެ.

