ވޯލްޑް ކަޕުގެ މެޗުތައް ފަސޭހަކަމާއެކުގައި ބެލޭނެ ގޮތް ހެދުމުގެ ގޮތުން، މާލޭގެ އެކިއެކި ސަރަހައްދުތައް ބަންދު ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

Ads by Asuru

މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ, ވޯލްޑް ކަޕުގެ މެޗުތައް ބެލުމަށް މާލޭގެ އެކިއެކި ސަރަހައްދުތައް ބަންދު ކޮށްދޭން އެދެމުންދާތީ އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން މެޗު ފެށުމުގެ 30 މިނެޓް ކުރިން ފެށިގެން މެޗު ނިމި, އިތުރު 30 މިނެޓާ ހަމައަށް މަގު ބަންދުކުރުމަށް ހުއްދަ ދެވޭނެ ކަމަށާއި އަދި މެޗު ނިމުމަށްފަހު ބަންދު ކުރެވިފައިވާ ސަރަހައްދު ދަތުރު ކުރެވޭނެ ފަދަ ހާލަތަށް ގެނެސްދޭން ވާނެ ކަމަށް ކައުންސިލުން ބުނެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ, މެޗު ފެށުމުގެ މާކުރިންވެސް ސަރަހައްދު ބަންދުކޮށްގެން ނުވާނެ ކަމަށެވެ.

އަދި ބަންދުކުރުމަށް ހުއްދަދެވޭ ސަރަހައްދުތަކުގެ ލިސްޓު އެ ކައުންސިލުގެ ވެބްސައިޓް އަދި ޓުވިޓާއިން އަޕްޑޭޓް ކުރަމުންދާނެ ކަމަށްވެސް ބުންޏެވެ.