މިރޭ ފެށުނު ގަތަރު ވޯލްޑް ކަޕް 2022 ގައި ހުޅަނގުގެ ބައެއް ގައުމުތަކުން އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާނެއެވެ.

Ads by Asuru

ރިޕޯޓްތައް ބުނާ ގޮތުގައި ހުޅަނގުގެ ފިކުރާ ދެކޮޅުވުމުން، ގަތަރުގައި ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ބޮޑު މުބާރާތް ބޭއްވުމާ ބައެއް ފަރާތްތަކުން ދެކޮޅެވެ. އެގޮތުން ވިލާތުގެ 8 ޓީމެއް، އެލްޖީބީޓީކިޔު ޕްރޮމޯޓް ކުރުމުގެ ގޮތުން އެ މީހުންގެ އަތުގައި ރެއިންބޯ ބޭންޑެއް އަޅާނެ ކަަމަށް ރިޕޯޓްތައް ބުނެއެވެ.

މިގޮތުން ބޭންޑް އަޅާނެ ޓީމު ތަކަކީ، ބެލްޖިއަމް، ފްރާންސް، ނެދަލެންޑްސް، ސްވިޒަލެންޑް، ޖަރުމަނު، ވޭލްސް، އިންގްލެންޑް އަދި ޑެންމާކެވެ. މިކަމާ ގުޅިގެން ފީފާއިން މި ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅިޔަސް، އެކަން ކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

މިކަމަށް ފީފާއިން ހުއްދަ ދީފައިނުވާއިރު، މި އަމަލުގެ ސަބަބުން އެ ޓީމުތައް ޖޫރިމަނާ ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ގަތަރަކީ ވޯލްޑް ކަޕް ބާއްވާ އެންމެ ފުރަތަމަ އިސްލާމީ ގައުމެވެ. އެގައުމުގެ ވެރިރަށް ދޯހާގައި މިރޭ ވޯލްޑްކަޕް ފަށާފައިވަނީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ.