ކިޑްނީ ފެއިލްވެ ފަރުވާ ހޯދަމުން އަންނަ, ޕީއެސްއެމްގެ ނޫސްވެރިޔާ އަހްމަދު ސާއިދުގެ ސިއްހީ ހާލަތު ގޯސްވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
އޭނާގެ ހާލަތު ގޯސްވީ ޑައިލަސިސް ހެދުމަށްޓަކައި ރޭ ހޮސްޕިޓަލަށް ގޮސް އުޅެނިކޮށެވެ.
ސާއިދުއަށް މިހާރު ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އެ މީހުން މައުލޫމާތު ދީފައިވެއެވެ.
އެނގިފައިވާ ގޮތުގައި ސާއިދުގެ ހާލަތު ގޯސްވެފައި މިވަނީ، ކިޑްނީ ބަދަލުކުރުމުގެ ފަރުވާއަށް ވަރަށް އަވަހަށް ރާއްޖެއިން ބޭރަށް ފުރަން ހުރިހާ ކަމެއް ނިންމާފައި ވަނިކޮށެވެ.
ސާއިދުގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އޭނާއަށް އެނގުނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
އެކަން އޭނާއަށް އެނގުނުއިރު ކިޑްނީގެ މަސައްކަތް ހުރީ އެންމެ 13 ޕަސެންޓްގައެވެ.

