ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ޕާޓީގެ އިސް ބޭފުޅުންނާއެކު މަޝްވަރާތައް ފައްޓަވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ސޯލިހު ގެންދަވަނީ އެ ޕްރައިމަރީގައި ވާދަކުަރައްވާނެ ކަމަށް ބެލެވޭ ބޭފުޅުންނާ އެކު މަޝްވަރާތައް ބާއްވަމުންނެވެ.
އެގޮތުން އޭގެތެރެއިން ބައެއް ބޭފުޅުންގެ ރުހުން އޭނާ ހޯއްދަވާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިހާތަނަށް ވާދަކުރައްވާނެކަން ރަސްމީކޮށް ހާމަކުރައްވާފައިވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްއެވެ.
މި ޕްރައިމަރީގައި ވާދަކުރައްވަން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ތައްޔާރުވަމުންދާ ކަމަށް ވަނީ އަޑު ފެތުރިފައެވެ.

