ރާއްޖޭން ސްރީ ލަންކާ އަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އަލީ ފާއިޒު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވައިފިއެވެ.

Ads by Asuru

ލަންކާގެ ސަފީރުކަމުގެ މަގާމަށް ފާއިޒު އައްޔަން ކުރަން ނިންމީ އެ ގައުމުގެ ސަފީރުގެ މަގާމުގައި ކުރިން ހުންނެވި އުމަރު އަބްދުއްރައްޒާގު ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާވާ ސަފީރުކަމަށާއި، ޔޫރަޕި އަން ޔޫނިއަން (އީޔޫ) އަށް ކަނޑައަޅާއްވާފައި ސަފީރުކަމުގެ މަގާމަށް އައްޔަން ކުރުމާ ގުޅިގެންނެވެ.

ލަންކާގެ އާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް މަޖިލީހަށް ނަންފުޅު ފޮނުއްވި ފާއިޒަކީ ޕޮލިސް ބޯޑުގެ ރައީސެވެ. އޭނާ މީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައިވެއެވެ.