އަބާޔާ އަކީ މިހާރު އަންހެން ބޭފުޅުންގެ މެދުގައި މިހާރު އެންމެ މަގުބޫލު އެއް ހެދުމެވެ.
އެކި އުމުރުފުރާތަކާ ގުޅޭ ގޮތަށް، ތަފާތު އެކި ޑިޒައިންތަކުގެ އަބާޔާ ރާއްޖޭގެ އެތައް ފިހާރައަކުން ލިބެން ހުންނައިރު، ”ޑްރީމްސް ކްލޮތިން“ގެ ޗާލު، ކޮލިޓީ އަބާޔާތައް ދަނީ ކަސްޓަމަރުންގެ ލޯބި ހޯދަމުންނެވެ.
ރީތި، އިތުބާރު ހިފޭ، އަދި ގިނަ ދުވަސް ވަންދެން ގެންގުޅެވޭނެ، ކޮލިޓީ ރަނގަޅު އަބާޔާ ހޯދުމަށް ޑްރީމްސްކްލޮތިން އިހްތިޔާރު ކުރާ އަންހެނުން ނުހަނު ގިނައެވެ. މިއީ 100 ޕަސެންޓު ދިވެހި އުފެއްދުންތަކެވެ. މިތަނުން ލިބޭނީ މުޅިންވެސް ރާއްޖޭގައި ފަހާ، ކޮލިޓީ ރަނގަޅު އަބާޔާއެވެ.

މި އަހަރުގެ ނިޔަލަށް ބޮޑު ސޭލްއެއް ކުރިއަށް ދަނީ
މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، މި އަހަރުގެ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް، ޑްރީމްސް ކްލޮތިން އިން ވަރަށް ހެޔޮ އަގުގައި އަބާޔާ ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ހުޅުވައިލައިފައެވެ.
އެގޮތުން މި މުއްދަތުގެ ތެރޭގައި ޑްރީމްސްކްލޮތިން އިން އެކި އަގުގައި ވިއްކަމުން ދިޔަ އަބާާޔާތަކުގެ އަގުތައް ވަނީ ބޮޑުތަނުން ތިރިކޮށްފައެވެ. ކޮންމެ އަބާޔާއަކުން 150 ރުފިޔާ ކުޑަވާނެއެވެ.
އަގުހެޔޮކޮށް، އެއްފަހަރާ ގިނަ އަބާޔާ ހޯދައިލުމަށް މިއީ ރަނުގެ ފުރުސަތެކެވެ.

ޑްރީމްސްކްލޮތިން އިން ޒޫމް، ފުކުރޯ، ޝަބާނާ، ސޭ، މިރެކްލް ކްރޭޕް، މޮނާކޯ، އަދި ވޫލް ޕީޗް އޮރަގިރި ފެބްރިކްގައި، ތަފާތު ކުލަތަކުން، ބޭނުން ގޮތަކަށް އަބާޔާ ފަހައިދީ، އެކި ރަށް ރަށަށް ވެސް ފޮނުވައިދެއެވެ. އަދި މާލެ ސަރަހައްދުގައި ވެސް ޑެލިވަރީގެ ހިދުމަތް ދެއެވެ.

މި ތަނުގެ ހިދުމަތް އަވަސް ވެފައި، ކަސްޓަމަރުންނަށް ދޭ ޔަގީންކަމަކީ އަބާޔާގެ ކޮލިޓީ ރަނގަޅުވެފައި، އަގު ވެސް ބޮޑު ނުވާނެކަމުގެ ޔަގީންކަމެވެ.

ޑްރީމްސް ކްލޮތިންގެ ވިޔަފާރި ހިންގަމުން ދިޔަ އިންސްޓެގްރާމް ޕޭޖު ހެކު ކުރުމުން، އައު ޕޭޖެއް ހަދައި، މަސައްކަތް ކުރިއަށް ގެންދެވެނީ، ކަސްޓަމަރުންގެ ލޯތްބާއި އިތުބާރުގެ ސަބަބުން ކަމަށް އެ ތަނުން ބުނެއެވެ. ޑްރީމްސްކްލޮތިންގެ އަބާޔާއެއް އޯޑަރު ކޮށްލުމަށް 9906143 އަށް ގުޅާލާށެވެ.

