ރާއްޖޭގައި ހޭންޑް ފުޓް އެންޑް މައުތު ބަލި ފެތުރެމުން އަންނާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

Ads by Asuru

އެޗްޕީއޭ އިން މިއަދު ބުނީ ހޭންޑް ފޫޓް އެންޑް މައުތު ބަލި ރާއްޖޭގައި ވަރަށް ހަލުވި ކަމާއެކު ފެތުރެމުން ކަމަށެވެ. އެހެންކަމުން އެ ބަލިން ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އެބަލީގެ ބައެއް އަލާމާތްތައް:

– ހުން އައުން

– ބޮލުގައި ރިހުން

– ކާހިތް ނުވުން

– ކަރުތެރެ ފާރުވުން

އެޗްޕީއޭ އިން ބުނީ އެ ބައްޔަކީ ވައިރަސްއަކުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށާއި އެހެންކަމުން ކޮންމެ މީހަކަށް ވެސް އެ ބަލި ޖެހުމުގެ ފުރުސަތު އޮންނަ ނަމަވެސް އާންމުކޮށް ކުޑަކުދިން އެއްވެ އެއްވެ އުޅޭ ތަންތަނުގައި އެ ބަލި ފެތުރުން އިތުރުވެގެން ދިޔުމުގެ ފުރުސަތު އޮންނަ ކަމަށެވެ.