ފީފާ ވޯލްޑް ކަޕްގައި މިއަދު އާޖެންޓީނާ އަތުން މޮޅުވުމުގެ އުފަލުގައި، މާދަމާ އަކީ ސައުދީ އަރަބިއާއަށް ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފިއެވެ.

Ads by Asuru

ސައުދީން ގަދަފަދަ އާޖެންޓީނާ ބަލި ކުރީ 2-1ގެ ނަތީޖާއިންނެވެ.

ޝއުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް މިގޮތަށް އެގައުމުގެ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންގެ ލަފާފުޅުގެ މަތިންނެވެ.

މި ނިންމުމުގައިވާ ގޮތުން ސައުދީގެ ހުރިހާ މުވައްޒަފުންނާއި، ސްކޫލްތަކުގެ ދަރިވަރުންނަށް މާދަމާ އަކީ ބަންދު ދުވަހެކެވެ.

އާޖެންޓީނާގެ މައްޗަށް ސައުދީން ކުރި ހޯދި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އާޖެންޓީނާ އިންނެވެ. އެގޮތުން އެޓީމަށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީއެވެ. ނަމަވެސް ދެވަނަ ހާފްގައި ސައުދީން ވަނީ ދެ ލަނޑު ޖަހައި އާޖެންޓީނާ ސިއްސުވާލާފައެވެ. މި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލް ޝެހްރީ އާއި އަލް ދަވްސަރީއެވެ.

މިއީ 36 މެޗަށްފަހު އާޖެންޓީނާ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ބަލިވި ފުރަތަމަ މެޗެވެ.