ހެލްތި މިނިސްޓްރީން 13 ލޯންޗް ގަންނަން ނިންމައިފިއެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި، ހެލްތު މިނިސްޓްރީން މިއަދު ވަނީ، ގަލްފް ކްރާފްޓާއެކުގައި ސޮއި ކޮށްފައެވެ.
މި ލޯންޗްތަކަކީ އަތޮޅުތެރޭގައި އެއް ރަށުން އަނެއް ރަށަށް ލެބޯޓްރީ ސާމްޕަލްތައް ގެންދިއުމަށާއި މިނިސްޓްރީން ކުރިއަށް ގެންދާ ތަފާތު އައުޓްރީޗް ޕްރޮގްރާމްތަކަށް ބޭނުންވާ ދަތުރުތަކަށާއި، ކުއްލި ޙާލަތުގެ ދަތުރުތަކަށް ޚާއްސަކޮށްގެން ހޯދާ ލޯންޗްތަކެވެ.
Contract signed between MOH & @GulfCraftMv to procure 13 speedboats under Maldives COVID-19 Emergency Response and Health Systems preparedness project funded by @WorldBank @AIIB_Official pic.twitter.com/wxw1MUXbVH
— Ministry of Health (@MoHmv) November 23, 2022
ހެލްތު މިނިސްޓްރީން ބުނީ ލޯންޗުތައް ގަންގަން ޖުމްލަ 31 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އެގޮތުން ގަލްފް ކްރާޓާ އެކީ ވެފައިވާ އެއްބަސްވުމުގެ ދަށުން އަހަރުގެ ތެރޭގައި ލޯންޗްތައް ފޯރުކޮށް ދޭން ޖެހޭ ކަމަށެވެ.
ލޯންޗުތައް ގަންނަނީ ވޯލްޑް ބޭންކާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރެޕެއަޑްނަސް ޕްރޮޖެކްޓުގެ ދަށުންނެވެ.