އެއްވެސް މީހަކަށް ތާއަބަދު ޕާޓީއެއްގައި ބަގުޑި ބައްދައިގެން ނުހުރެވޭނެކަން ގަބޫލު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ޕާޓީއަކީ ވަކި މީހެއްގެ އެއްޗެއް ނޫން ކަމަށެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ ބޭފުޅުންނަށް މިއަދު އުއްމީދެއް ނެތީ، އެމަނިކުފާނު ވެރިކަމުގައި ނެތުމުން ކަމަށާއި، އުއްމީދެއް ނެތް ހަމައެކަނި ސަބަބަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.

”އެއްވެސް މީހަކަށް ތާއަބަދަށް ޕާޓީއެއްގައި ބަގުޑި ބައްދައިގެން ނުހުރެވޭނެކަން ގަބޫލު ކުރަންވީ. އެއްވެސް މީހަކަށް ތާއަބަދަށް ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަށް ވެގެން ނުހުރެވޭނެކަން ގަބޫލު ކުރަންވީ. އެ އުއްމީދުގަ ތިބޭ ކަމަށްވަންޏާމު، އުއްމީދެއް ނޯންނާނެ، އިއްޒަތްތެރި ރައީސް.“

މީގެ އިތުރުން، ސަރުކާރުގެ ހަތަރު އަހަރަކީ އުއްމީދުން ފުރިގެންވާ ހަތަރު އަހަރުކަމަށް ވިދާޅުވެ، ކޮވިޑް-19ގެ ޕެންޑެމިކް، އަދި ރަޝިޔާގެ ހަނގުރާމައިގެ ތެރޭގައިވެސް ގިނަ މަޝްރޫއުތަކެއް ސަރުކާރުން ހިންގި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.