އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސިވިލް ސަރވިސް ކޮމިޝަނާއި ބައްދަލުކުރައްވައިފިއެވެ.

އިއްޔެ އިސްލާމިކް މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޛް މުޙައްމަދު މުޖުތާޒާއި ކޮމިޝަނުގެ މެމްބަރުންނާއި އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވުޒާރާއަށް މުވައްޒަފުން ނެގުމާ ގުޅޭގޮތުންނާއި، ސިވިލް ސަރވިސް މުވައްޒަފުން މެދުވެރިކޮށް ދެމުންދާ ޚިދުމަތްތައް ހަރުދަނާ ކުރުމަށާއި، ދިވެހި ސިވިލް ސަރވިސްގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.