މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އަދި ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ ހެނދުނު 7 ޖެހުމާއި ހަމައަށެވެ.
އެލާޓުގެ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސް ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

