ޕޯސްޓު އަދި ކޫރިއަރ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ ޑްރަގް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އަތުލައިގެންފިއެވެ.
އެގޮތުން، މި ޕެކޭޖުގެ ތެރެއިން ފެނިފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި 2123 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން، މިދިޔަ މަހުގެ 31 ވަނަ ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރެއިންވެސް ކަސްޓަމްސްއިން ވަނީ މަސްތުވާތަކެތި އަތުލައިގެންފައެވެ.
އެގޮތުން، އެ ޕެކޭޖުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި 1030 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ކަސްޓަމްސްއިން ވަނީ މަޢުލޫމާތުދީފައެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާގޮތުގައި، މި ދެ ޕެކޭޖުގެ ތެރެއިންވެސް ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯންއެވެ.

