ބޭނުންވާ ތަކެތި:

2 މޭޒުމަތީ ސަމުސާ ކޮފީ

Advertisement
Advertise with us

4 މޭޒުމަތީ ސަމުސާ ގެރިކިރު

250 ގްރާމް ފުށް
170 ގްރާމްގެ ބަޓަރު
150 ގްރާމް ހަކުރު
1 ސައިސަމުސާ ބޭކިން ޕައުޑަރ
7 ބިސް
1 ޖޯޑު ހިކި މޭބިސްކަދުރު
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ކޮފީއާއި، ފުށް، އަދި ބޭކިން ޕައުޑަރު އެއްކޮށް ފުރާނާލުމަށްފަހުގައި ބަޓަރާއި ހަކުރާއި އެއްކޮށްލުމަށްފަހު އޭގެތެރެއަށް ބިސް ވެސް އެއްކޮށްލާށެވެ.

އަދި ފުށްކޮޅުގެ ތެރެއަށް އަޅާ ރަނގަޅަށް ގިރާލުމަށްފަހުގައި، އެސެންސާއި މޭބިސްކަދުރު އެއްކޮށްލާފައި ޓްރޭއެއްގައި ބަޓަރު ހާކައި ތައްޔާރުކުރި ފުށްގަނޑު އޭގެތެރެއަށް އެޅުމަށްފަހު 175 ޑިގްރީގައި ފިހާށެވެ.