ރ. ހުޅުދުއްފާރާއި ފ.މަގޫދޫގައި ސަރުކާރުން ގާއިމު ކޮށްފައިވާ ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ހުޅުވައިދެއްވައިފިއެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަޝްރޫއުގެ ދަށުން ހުޅުވުން ގޮތްޕެކެވެ.
މިއީ މި ސަރުކާރުން ބިނާކުރި 12 ވަނަ ގޮފިކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން ހއ. ދިއްދޫ، ހއ. އުތީމު، ހއ. އުލިގަން، ޅ. ހިންނަވަރު، ކ. ހުރާ، ރ. ރަސްމާދޫ، ކ. ހިންމަފުށި، ތ. ވޭމަންޑޫ، ކ. މާވަށް، ލ. ގަން އަދި ފުވައްމުލައް ސިޓީގައި ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ހުޅުވާފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ކީރިތި ޤުރުއާނުގެ ދާއިރާ ފުޅާކޮށް، ހިލޭ ކިޔަވައިދޭ ޤުރުއާން ކުލާސްތައް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.





