ހޭންޑްބޯލް މޯލްޑިވްސް އޮފީސް ހިންގާ އިމާރާތުގައި އަލިފާނުގެ ހާދިސާއެެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ ރޯވި އެ ހާދިސާގެ މައުލޫމާތު ލިބުނީ ހެނދުނު 06:05 ހާއިރު ކަމަށެވެ. އަދި މައުލޫމާތު ލިބުމާ އެކު، މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވެއެވެ.
އިމާރާތުގައުި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައި 06:21 ހާއިރުއެވެ.
މި ހާދިސާގައި އަލިފާން ރޯވި އިމާރަތަށް އެކިވަރުގެ ގެއްލުން ލިބުނު ނަމަވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފެއްއެވެ.





