އަގުހުރި އިނާމްތަކަކާއިއެކު މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ”ސްޓާފް ނައިޓް“ ބާއްވައިފިއެވެ.

ލމާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ސްޓާފް ނައިޓް ބާއްވާފައިވަނީ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ ހެންވޭރު ދަނޑުގައެވެ. މާލެ ސިޓީ ކައުންސިލުން ފުރަތަމަ ފަހަރަށް ސްޓާފް ނައިޓެއް ބޭއްވިއިރުގައި މުވައްޒަފުންގެ އަގުވަޒަން ކުރުމަށް އަގުހުރި އިނާމްތަކެއް ވަނީ ދީފައެވެ.

ކައުންސިލްގެ ފަރާތުންދިން ފައިސާގެ އިނާމްގެ އިތުރުން 5 މުވައްޒަފަކަށް އުމްރާ ދަތުރާއި, އިސްތާންބުލްގެ ދެކޮޅު ޓިކެޓް, މެލޭޝިއާ ދެކޮޅު ޓިކެޓް, އަދިކޮލަމްބޯ ދެކޮޅު ޓިކެޓް ހިމެނެއެވެ.

މީގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންނާއި, އެކިއެކި ކުންފުނިތަކުން ދީފައިވާ ސްޕޮންސާރތަކުގެ, ތެރޭގައި ރިސޯޓް ދަތުރުތަކާއި ކްރޮސްރޯޑް, ދަތުރުތަކާއި ހިލޭ މެޑިކަލްޗެކަޕް ފަދަ އިނާމުތައް ވަނީ މުވައްޒަފުންނަށް ދީފައެވެ.

މި ހަފްލާގެ އަގުހުރި އިނާމުތައް ސްޕޮންސަރ ކޮށްދެއްވި ފަރާތްތަކަށް މޭޔަރ މުޢިއްޒު ވަނީ ޝުކުރު ދަންނަވާފައެވެ. އަދި މާލެ ސިޓީ ކައުންސިލްގެ އެންމެހާ މުވައްޒަފުންގެ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވާ މޭޔަރ ވަނީ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ.

މާލެ ސިޓީގެ ކައުންސިލްގެ ނަމުގައި މިހާރު ހިންގަމުން މިދަނީ ކުރިން މާލޭގެ މުނިސްޕަލްޓީއެވެ. މާލޭގެ މުނިސްޕަލްޓީގެ ނަމުގައި އެންމެ ފުރަތަމަ މުއައްސަސާއެއް އުފެއްދެވީ އައްސުލްތާން މުޙައްމަދު ފަރީދުލްއައްވަލްގެ ރަސްކަމުގެ ދުވަސްވަރުއެވެ. އެއީ މިލާދީ ގޮތުން 1956 ވަނަ އަހަރުއެވެ.