އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by Asuru

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެތަނުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް އާދަމް ޝާމިލެވެ.

މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ތަރުބިއްޔަތާއި ތައުލީމުގެ ތެރެއިން ނަޒާހަތްތެރިކަން އަށަގެނެވުމަށް އިސްތިރާތީޖީ ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމެވެ. ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމާއި، ފަންނީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއްގައި ޕްރޮސިކިއުޓަ ޖެނަރަލްގެ އޮފީހާއި އޭސީސީއާ ދެމެދު ވެސް ދާދި ފަހުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

މީގެ އިތުރުން ކޮރަޕްޝަނާ މެދު އާންމުން ދެކޭ މެދު ގައުމީ ދިރާސާއެއް ހެދުމުގެ މަސައްކަތް ވިލާ ކޮލެޖާ ގުޅިގެން އޭސީސީން އަންނަނީ ކުރަމުންނެވެ.