ދާރުލްއާސާރުގައި ހުރި ތަކެތި ބަލާލުމަށް ހިލޭ ވަދެވޭ ގޮތަށް ހުޅުވާލި ފުރުސަތުގައި 1،000 އަށް ވުރެ ގިނަ މީހުން އެތަނަށް ޒިޔާރަތްކޮށްފިއެވެ.

Ads by Asuru

ހެރިޓޭޖް މިނިސްޓްރީން ބުނީ ގައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމާއި ގުޅިގެން އެއްވެސް އަގަކާ ނުލައި މިއަދު ގައުމީ ދާރުލްއާސާރަށް ވަނުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން 1،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

ދާރުލްއާސާރަށް ހިލޭ ވަނުމުގެ ފުރުސަތު ހުޅުވާލީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށެވެ.

ދާރުލްއާސާރަށް ވަނުމުގެ ފުރުސަތު ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު ވެސް އޮންނައިރު ދާރުލްއާސާރަށް ވަދެވެނީ އެކަމަށް ހާއްސަ ޓިކެޓެއް ނަގައިގެންނެވެ. އެގޮތުން ބޮޑެތި މީހުންގެ ޓިކެޓް 25 ރުފިޔާއަށް ވިއްކާއިރު ކުޑަކުދިންގެ ޓިކެޓް 20 ރުފިޔާއަށް އަދި ސްކޫލް ދަރިވަރުންނަށް 15 ރުފިޔާއަށް ޓިކެޓް ދޫކުރެއެވެ.