ވެރިކަން ދަމަހައްޓަން މޭ އައްޑަނައަކަށް ދިއްކުރާނެ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމްޑީޕީ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ފެކްޝަނެއް އުފެދިފައިވާ މި ދަނޑިވަޅުގައިވނިހާދު ވިދާޅުވީ މިހާތަނަށް ކުރިއަށް ވަޑައިގަތީ އަނިޔާއަށް ފަސް ޖެހުމެއް ނެތި ކަމަށާއި ”ޗިސް ޗިސް ކޮށްލިއަސް، ފިސް ފިސް ކޮށްލިއަސް ”ބާޣީ“ އަކަށް ވެވެން ނެތް ކަމަށެވެ.

”ރައްޔިތުންގެ ހައްގުގައި ފަހަތަށް ނުޖެހި ކުރިއަށް ދާނަން. ހެޔޮވެރިކަން ދަމަހައްޓަން މޭ އައްޑަނައަކަށް ދިއްކުރާނަން.“ ނިހާދު ވިދާޅުވިއެވެ.

ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ރައީސް ސޯލިހު މީގެކުރިން ފާޅުކުރައްވާފައިވާއިރު އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޕްރައިމަރީއަކުންނެވެ.

އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ރައީީސް ސޯލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފައެވެ. ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް އެމްޑީޕީން އަދި މިހާތަނަށް އިއުލާންކޮށްފައެއް ނުވެއެވެ.