ދަރަނި ދެއްކުމަށްވެސް ނަގަނީ ދަރަނި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

Ads by Asuru

އަލީ ހުސެއިން މިހެން ވިދާޅުވީ ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ރާއްޖެ އަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.

އަލީ ވިދާޅުވީ މިއީ ވަށާ ޖެހޭ ދަރަނީގެ ދުނިޔެ ކަމަށާއި ދަރަނި ދައްކަން ވެސް ނަގަނީ ދަރަނި ކަމަށެވެ.

”ރަހުނުކޮށްފައި އޮތީ ދިވެހިރާއްޖޭގެ މިނިވަންކަން“ އަލީ ވިދާޅުވިއެވެ.

ބަޖެޓް ސަޕޯޓަށް އިންޑިއާ އިން ދިވެހި ސަރުކާރަށް 100 މިލިއަން ޑޮލަރުގެ ލޯނު ދީފައިވަނީ މި އަހަރުގެ އޮގަސްޓް މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާއެއްގެ ތެރެއިންނެވެ.

މިއީ މިވަގުތަށް ރާއްޖެއަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސިފަ ކުރައްވައިފައެވެ.