ގަތަރުގައި ކުރިއަށް ގެންދާ ވޯލްޑް ކަޕްގެ މެޗު ބައްލަވާލައްވަން އެ އަމީރު ތަމީމް ބިން ހަމަދު އަލް ތާނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައުވަތު ދެއްވައިފިއެވެ.

Ads by Asuru

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވީ ވޯލްޑް ކަޕްގެ މެޗެއް ބައްލަވާލެއްވުމަށް ގަތަރުގެ އަމީރު ދައުވަތު ދެއްވާފައިވާ ކަމަށެވެ. ނަމަވެސް ގައުމަށް ރައީސް ވަޑައިގަންނަވާނީ ކޮން އިރަކު ކަމެއް އަދި ބައްލަވާލައްވަން ހަަމަޖެހިފައި ވަނީ ކޮން މެޗަކަށް ކަމެއް ވިދާޅެއް ނުވެ އެވެ.

”ފައިނަލް ނުވަތަ ސެމީ ފައިނަލްގެ މެޗަކަށް ވަޑައިގެންފާނެ،“ ތަރުޖަމާނު ވިދާޅުވި އެވެ.

”ސީދާ އަޅުގަނޑަށް ޔަގީންކަމާ އެކު ދަންނަވާކަށް ނޭނގޭ. ގަތަރުގެ އަމީރުގެ ދައުވަތެއް ރައީސަށް ވަނީ ލިބިވަޑައިގެންފައި،“

މިދިޔަ މަހުގެ 20 ގައި ފެށި ވޯލްޑް ކަޕް ކުރިއަށް ދާނީ މި މަހުގެ 18 އާ ހަމައަށެވެ.