އއ. ތޮއްޑު އާއި އުކުޅަހުގައި އެމްއެންޑީއެފުން ޕެރޭޑް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Asuru

މިއަދު ތޮއްޑޫގައި ބާއްވާ ޕެރޭޑަކީ، އެ ރަށު ސްކޫލަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި، ތޮއްޑޫ ކައުންސިލުގެ އެދުމަކަށް އެމްއެންޑީއެފުން ބާއްވާ ޕެރޭޑެކެވެ. އަދި ތޮއްޑޫގައި ބާއްވާ ޕެރޭޑަށް ފަހު، އުކުޅަހު ކައުންސިލުގެ އެދުމަކަށް މާދަމާ އެ ރަށުގައި ވެސް ޕެރޭޑް ބާއްވާ ގޮތަށް ހަމަޖައްސައިފަ އެވެ.

މި ދެ ރަށުގައި ޕެރޭޑް ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:30 ގަ އެވެ. ޕެރޭޑްގެ ތެރެއިން، އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުން ރާގު ކުޅޭނެ އެވެ.

ތޮއްޑު އާއި އުކުޅަހުގައި ޕެރޭޑް ކުރިއަށް ގެންދާ އިރު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އާއި އެމްއެންޑީއެފްގެ ލީޑަޝިޕުން އެ ދެ ރަށަށް ވަޑައިގެން، ޕެރޭޑް ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ.