ފާއިތުވި 40 އަހަރުގެ ތެރޭގައި ގއ.ކޮނޑޭއަށް ނުލިބޭ ތަަރައްގީ، މިވެރިކަމުގައި ލިބިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

Ads by Asuru

ކޮނޑޭގެ ކައުންސިލުން މިހެން ބުނެފައިވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެރަށުގެ ކައުންސިލު މެމްބަރުންނާ ބައްދަލު ކުރެއްވުމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކައުންސިލަރުން ވަނީ އެރަށުގެ ތަރައްގީގެ ފަސް މަޝްރޫއެއްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާ އަދި މިހާރުވެސް ހަތަރު މަޝްރޫއުއެއްގެ މަސައްކަތް ކުރިޔަށްދާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކައުންސިލަރުން ވަނީ މިބައްދަލުކުރެއްވުމުގައި އެރަށުގެ ބަނދަރު ބޮޑުކޮށް ތަރައްގީ ކުރުމަށް ބޭނުންވާކަމާއި، ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށް ލެބޯޓްރީގެ ހިދުމަތްފަދަ ހިދުމަތްތައް އިތުރުކޮށް ހިދުމަތް ފުޅާކުރަން ބޭނުންވާކަމާއި ސްކޫލަށް  7 ކްލާސްރޫމް ބޭނުންވާކަމަށާއި 50 ހައުސިންގ ޔުނިޓް އެރަށުގައި ތަރައްޤީކުރުމާއި އޭޓީއެމްގެ ހިދުމަތް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެރަށާއި އެސަރަޙައްދުގައި ފަތުރުވެރިކަން ތަރައްގީކުރުމުގައި ކުރިމަތިވާ ދަތިތައް ޙައްލުކުރުމާއި ގުޅޭގޮތުންނާއި އެ ރަށަށް ވޮލީކޯޓެއްގެ މުހިންމުކަމާއި އަދި ރަށުގެ އިޖްތިމާއީ އިގްތިސާދީ ތަރައްގީއަށް މުހިންމު ކަންކަމާބެހޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.