ޓެރަރިޒަމް އާއި ސްކޭމް ކުރުމަށް މަގުފަހިވާ އަމަލުތަކެއް ހިންގާ ކަމުގެ ތުހުމަތުގައި ސަލާމަތީ ބާރުތަކުން ކ. މާފުށީ ޖަލުގައި އޮޕަރޭޝަނެއް ފަށައިފިއެވެ.

Ads by Asuru

އޮޕަރޭޝަން ފަށާފައިވަނީ ރޭއެވެ. މި އޮޕަރޭޝަންގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި ފުލުހުންނާއި ކަަރެކްޝަނަލް ސާވިސް ބައިވެރިވެއެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނި ގޮތުގައި އެ އޮޕަރޭޝަން ފެށީ ޖަލަށް މަނާ ތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރަރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު އަވަސް އަށް ވިދާޅުވީ އޮޕަރޭޝަން މިހާރުވެސް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަ ކޮށްފައިނުވެ އވެ.