ރާއްޖޭގެ އިތުރު 28 ސިއްހީ މަރުކަޒަކަށް އުރީދޫން ހެލްތް ކިޓް ހަދިޔާކޮށްފިއެވެ.

Ads by Asuru

އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. އަތޮޅާއި ހދ. އަތޮޅުގެ ހުރިހާ ސިއްހީ މަރުކަޒުތަކަކާއި ބ. ކުޑަރިކިޅި ސިއްހީ މަރުކަޒާއި ކ. ތުލުސްދޫ ސިއްހީ މަރުކަޒުގެ އިތުރުން އދ. މާމިނގިލީގެ ސިއްހީ މަރުކަޒަށެވެ.

އުރީދޫން ހަދިޔާކުރި ހެލްތު ކިޓްގެ ތެރޭގައި، ސިއްޙީ މަރުކަޒަކަށް ބޭނުންވާ ޒަރޫރީ ސާމާނާއި، ސްޓެތެސްކޯޕާއި، ޑިޖިޓަލް ސްފިގްމަމަނޯމީޓަރާއި ޕަލްސް އޮކްސިމީޓަރާއި އޮޓޮސްކޯޕާއި ޑިޖިޓަލް ތާމޯމީޓަރުގެ އިތުރުން ނެބިއުލައިޒަ މެޝިނެއް ހިމެނެ އެވެ.

ސިއްހީ މަރުކަޒުތަކަށް އުރީދޫން ދޭން ފެށި މި އެހީ އަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދޭން ފެށި އެހީއެކެވެ. އެގޮތުން މި އަހަރު ކުރީކޮޅު ވެސް ރާއްޖޭގެ ބައެއް ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓް ހަދިޔާކޮށްފައިވެ އެވެ. އޭގެ ތެރޭގައި އައްޑޫގެ ސިއްހީ މަރުކަޒުތައް ހިމެނެއެވެ.